1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންކަން
 
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ކަމަށް ހެންވޭރު ނިއުހެވަން އަލްފާޟިލާ އާމިނަތު ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާމިނަތު ޢަލީ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމުގައެވެ.
 
2. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުކަން
 
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ އޯކިޑްމާގޭ އަލްފާޟިލް އާދަމް ޛާލިފް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
3. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބުކަން
 
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު ކަމަށް މައްޗަންގޮޅީ އުރަހަ އަލްފާޟިލާ ފާޠިމަތު ތަސްނީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
4. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބުކަން
 
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބު ކަމަށް ތިލަދުންމަތީ އުތުރުބުރީ އުތީމު ފެންފިޔާޒުގޭ އަލްފާޟިލް ޢަބްދުއްރަޙީމް ޙަސަން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.