ޑެޕިއުޓީ އެޓަރނީޖެނެރަލްގެ މަގާމަށް ސްޓޭޓް މިނިސްޓަރު ފެންވަރުގައި ގަލޮޅު ސައިމާ އަލްއުސްތާޛާ ޢާއިޝަތު ބިސާމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛާ ޢާއިޝަތު ބިސާމް މިހާތަނަށް ހުންނެވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމުގައެވެ.