ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޑެޕިޔުޓީ އެޓަރނީ ޖެނެރަލްގެ މަގާމަށް ގަލޮޅު ސައިމާ އަލްއުސްތާޛާ ޢާއިޝަތު ބިސާމް ޢައްޔަން ކުރައްވައިފިއެވެ. އޭނާ މި މަގާމަށް ޢައްޔަން ކުރައްވާފައިވަނީ، ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. އަލްއުސްތާޛާ ޢާއިޝަތު ބިސާމް މިހާތަނަށް ހުންނެވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމުގައެވެ.