މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންގެ މަގާމުން ޑޮކްޓަރ އަޙްމަދު ޢަލިމަނިކު އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގަބޫލުފުޅު ކުރައްވައިފިއެވެ.
އިސްތިޢުފާ ގަބޫލުފުޅު ކުރައްވައި، ޑޮކްޓަރ އަޙްމަދު ޢަލިމަނިކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.