7 ފެބްރުއަރީ 2012ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް މަގާމުތައް ހަމަޖެއްސެވިގޮތް، ތިރީގައި މިވަނީއެވެ.
މިނިސްޓަރު ފެންވަރުގެ މަގާމުތައް
(1) ޗީފް އޮފް ސްޓާފްގެ މަގާމު
ޗީފް އޮފް ސްޓާފް ކަމަށް މ. މެލީ ޑޮކްޓަރ މުޙަންމަދު ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
(2) ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމު
ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ސ. ފޭދޫ ދިއްގާގަސްދޮށުގޭ ޑޮކްޓަރ ޙަސަން ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަގާމުތައް
 
(1) މީޑިއާ ސެކްރެޓަރީގެ މަގާމު
މީޑިއާ ސެކްރެޓަރީގެ މަގާމަށް މ. ތުޅާގިރި އަލްފާޟިލް މަސްޢޫދު ޢިމާދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
(2) ކެބިނެޓް ސެކްރެޓެރީގެ މަގާމު
ކެބިނެޓް ސެކްރެޓެރީގެ މަގާމަށް، މ. އެމޭޒަން ޑޮކްޓަރ ޢަބްދުﷲ ނަޒީރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
(3) އެގްޒެކެޓިވް ސަރވިސަސް ސެކްރެޓެރީގެ މަގާމު
އެގްޒެކެޓިވް ސަރވިސަސް ސެކްރެޓެރީގެ މަގާމަށް، މ. ޖަވާހިރުވާދީ އަލްފާޟިލް ޢަލީ ރަޝީދު ޙުސައިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
(4) ސްޕޯކްސްޕަރސަންގެ މަގާމު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމަށް ހ. ނޫކުރިކީލަ އަލްފާޟިލް ޢައްބާސް ޢާދިލް ރިޒާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
(5) އެޑްވައިޒަރ، ޕޮލިޓިކަލް އެފެއާޒްގެ މަގާމު
އެޑްވައިޒަރ، ޕޮލިޓިކަލް އެފެއާޒްގެ މަގާމަށް ހ. ހާޖަރާގޭ އަލްފާޟިލް އަޙްމަދު ތައުފީޤް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
(6) އެމްބެސެޑަރ ފޮރ ހިއުމަން ރައިޓްސްގެ މަގާމު
 
އެމްބެސެޑަރ ފޮރ ހިއުމަން ރައިޓްސްގެ މަގާމަށް މ. ކަރިސްމާވިލާ އަލްފާޟިލް އަޙްމަދު އިބްރާހީމްދީދީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
ނާއިބު ފެންވަރުގެ މަގާމު
 
އަންޑަރ ސެކްރެޓަރީގެ މަގާމު
 
    އަންޑަރ ސެކްރެޓަރީގެ މަގާމަށް ހ. ނިއުހެވަން އަލްފާޟިލާ އާމިނަތު ޢަލީއާއި،     ޅ. ނައިފަރު ކަރަންކާގޭ ޑޮކްޓަރ މަޙްމޫދު ރިޔާޒާއި، ވ.ރަންދި އަލްފާޟިލް މުޙަންމަދު ޙުނައިފް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.