ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މިނިސްޓަރުގެ ނައިބުންގެ މަގާމުތައް ހަމަޖެއްސެވުން
 
7 ފެބްރުއަރީ 2012ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މިނިސްޓަރުގެ ނައިބުންގެ މަގާމުތައް ހަމަޖެއްސެވި ގޮތް، ތިރީގައި މިވަނީއެވެ.
1. މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމަށް ހ. ރަތްކުންނާރުގޭ އަލްފާޟިލް މުޙަންމަދު ސަލީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
2. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމަށް މ. މުއްދޫ އަލްފާޟިލް މުޙަންމަދު އިޢާދު ޙަމީދާއި، ތ. ގުރައިދޫ މެދުގޭ އަލްފާޟިލް މުޙަންމަދު އިބްރާހީމް މަނިކު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
3. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ކަމަށް ރ. އަލިފުށީ ޙަމީދީ މަންޒިލް އަލްފާޟިލް ޢަލީ ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
4. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމަށް ގދ. ގައްދޫ އުލާޖެހިގޭ އަލްފާޟިލް އިސްމާޢީލް ޝަފީޢާއި، ގދ. ރަތަފަންދޫ ހިލިހިލާގޭ އަލްފާޟިލް އަޒްލީން އަޙްމަދާއި، ހ. ކަނޑޫމާގޭ އަލްފާޟިލް މުޙަންމަދު ޢާޞިފް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
5. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމަށް މއ. ނަސީމީ ހަނދުވަރު އަލްފާޟިލް ފަރްޙަތު ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
6. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބު ކަމަށް ސ. ހިތަދޫ އާޒާދީގޭ އަލްފާޟިލް ޢަލީ ޞާލިޙު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
7. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމަށް ރ. މީދޫ ކޮއެލު އަލްފާޟިލް އިސްޙާޤު އަޙްމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
8. މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބު ކަމުގެ މަގާމު
 މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބު ކަމަށް ޏ. ފުވައްމުލައް ދޫޑިގަން ކުނަހަނގާލިގޭ މުޙަންމަދު މަލީޙު ޖަމާލު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
9. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމަށް ހ. އާޒާދެވާދީ އަލްފާޟިލް ޝިހާމް މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
10. މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމަށް ގ. ކަނޑުރޯޅި އަލްފާޟިލް ޢަބްދުﷲ މަޖީދާއި، ގދ. ފިޔޯރީ ގުލްބަކާގޭ އަލްފާޟިލް ޢަބްދުﷲ މުއްޠަލިބު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
11. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބު ކަމުގެ މަގާމު
މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބު ކަމަށް ހ. އޮގަސްޓާ އަލްފާޟިލް ނާއިފް ޝައުކަތާއި، ލ. ގަމު ތުނޑި ކޯޒީކޯނަރ އަލްފާޟިލް އަޙްމަދު ރަޝީދާއި، މ. ވޭވިންގލައިޓް އަލްފާޟިލް ޢަބްދުﷲ ރިފާޢު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.