ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމުން އަލްފާޟިލް ޢަބްދުﷲ ޖާބިރު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އެމަނިކުފާނުގެ އިސްތިޢުފާ، ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅު ކުރައްވައިފިއެވެ.

އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައި، ޢަބްދުﷲ ޖާބިރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނަވައިގެން، އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.