ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާލޭ ވިލިނގިލީ އަވަށަށް މިއަދު މެންދުރުފަހު ޒިޔާރަތް ކުރައްވައި، އެއަވަށުގެ އެކި މަރްކަޒުތަކާއި ސަރަޙައްދުތައް ބައްލަވާލައްވައިފިއެވެ. މިގޮތުން، އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ޞިއްޙީ މަރްކަޒަށެވެ. ޞިއްޙީ މަރްކަޒަށް ވަޑައިގެން، އެމަރްކަޒު ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. އޭގެފަހުން، ޑޮކްޔާޑް ބައްލަވާލެއްވިއެވެ. އަދި ބްރޭކް ވޯޓަރ ސަރަޙައްދުގެ ތޮށިގަނޑާއި، ހިއްކާފައިވާ ސަރަޙައްދާއި، ގިރަމުންދާ ސަރަޙައްދު ބައްލަވާލެއްވިއެވެ. އަދި ޕްރީސްކޫލަށާއި ވިލިގިނލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށާއި، އަވަށު އޮފީހަށާއި، ޔޫތު ސެންޓަރަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ. އަދި ވިލިނގިލީ ފުޓްބޯޅަ ދަނޑުވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.