ސްޓޭޓް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، 8 ބޭފުޅަކު ޢައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސްޓޭޓް މިނިސްޓަރު ކަމަށް ޢައްޔަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ހަމަޖެއްސެވި މިނިސްޓްރީތައް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ކަމަށް ގަލޮޅު ފަނަސް އަލްފާޟިލް ޙުސައިން މަނިކު ދޮންމަނިކު.
2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙަންމަދު ފަޔާޒް މާފަންނު ނަންނާރިގެ.
3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމަށް ފާދިއްޕޮޅު ކުރެންދޫ ނޫރާނީގޭ އަލްފާޟިލް ޢަބްދުﷲ މުޙަންމަދު.
4. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ޓިއުލިޕްމާގޭ އަލްފާޟިލް ޢަލީ ޝަރީފް މުޙަންމަދު.
5. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް ގަލޮޅު އާބިން ޑޮކްޓަރ ޢާއިޝަތު ރަމީލާ.
6. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމަށް އައްޑުއަތޮޅު ހިތަދޫ ރީތިގަސްދޮށުގޭ އަލްފާޟިލް ޙަސަން ސަޢީދު ޙުސައިން.
7. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ހެންވޭރު ލައިނޫފަރުމާގޭ އަލްފާޟިލް ޢަބްދުﷲ ޒިޔާދު.
8. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ނާރެސް އަލްފާޟިލް ޢަބްދުލްމަތީން މުޙަންމަދު.