ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު މާލެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެއަތޮޅުގެ 8 ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަވީރު ފުނަދޫ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފުނަދޫ ރައްޔިތުން ވެދުމައިގެން އައުން ރޭ އޮތެވެ. މިއީ، ފުނަދޫގައި ޘަޤާފީ ކަމެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެކެވެ.