ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ނިޝާނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބް އަރުވާފައިވާ އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން       27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ މާފަންނު ޒަމާލިކް އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، މިރޭ ސިންގަޕޫރުގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.
މިކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން (2 މާޗް 2012 އިން ފެށިގެން 4 މާޗް 2012ގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.