ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްލަވާލައްވައިފިއެވެ. މިއަދު މެންދުރެއްހާއިރު އެމަނިކުފާނު ހުޅުމާލެއަށް ޒިޔާރަތް ކުރައްވައި، ޗައިނާގެ ސީ.އެމް.އީ.ސީ.ގެ ފަރާތުން ޢިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތަކާއި، ޕްރުކްސާ އެޗް.ޑީ.ސީ.ގެ ފަރާތުން ޢިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތަކާއި، އެޗް.ޑީ.ސީ.ގެ ފަރާތުން ޢިމާރާތް ކުރަމުންދާ ރޯހައުސްތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވައި، އެކަމުގެ މަޢުލޫމާތު ހޯއްދެވިއެވެ.