ސަރުކާރުގެ ސިޔާސަތާ ބެހޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަސްރަޙާމެދު ޑިޕްލޮމެޓިކް ފަރާތްތަކަށާއި، ބޭރުގެ ނޫސްވެރިންނަށް މަޢްލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްމަން އަލްފާޟިލް ޢައްބާސް ޢާދިލް ރިޒާ، ސްރީލަންކާގައި މިއަދު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ކޮޅުނބުގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ބޭއްވެވި މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި، ބައިނަލްއަޤްވާމީ ނިއުސް ކޮރެސްޕޮންޑެންޓުންނާއި، ސްރީލަންކާގެ މީޑިއާ ހިމެނެއެވެ. އަދި ކޮޅުނބުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް ޙުސައިން ޝިހާބް ބައިވެރިވެވަޑައިގަތެވެ.