ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އައްޑޫސިޓީއަށާއި، ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، ފުވައްމުލަކު ކައުންސިލްތަކާ ބައްދަލުކުރައްވާނެއެވެ. އަދި މިރޭ އައްޑޫ ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.