ވެށިފަހި މާލެ ޕްރޮގްރާމްގެ ސްޓިއަރިންގ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަނަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަންމަންޓް ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޙަންމަދާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝަލް ކޮންޓްރޯލަރ މުޙަންމަދު އަޙްމަދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަރަޔަންމަންޓްގެ ނާއިބު މުޙަންމަދު ފާއިޒެވެ.