މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިނގަމުންދާ "މޯލްޑިވްސް ވޮލަންޓިއަރސް ކޯ" އުވާލައްވައި، އެތަނާ ޙަވާލުކުރައްވާފައިވާ މަސައްކަތްތައް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްއިން ކުރައްވަމުން ގެންދަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް ވޮލަންޓިއަރސް ކޯ އުވާލެއްވީ، އެ އިދާރާއާ ހަވާލުކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކަކީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްއިން މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަމަށްވާތީއެވެ. އަދި އެއްބާވަތެއްގެ މަސައްކަތްތަކެއް ދެ ތަނަކުން ކުރަމުން ގެންދިޔުމުގައި އިދާރީގޮތުން ބައެއް ދަތިތަކާ ކުރިމަތިވަމުންދާތީ، މި މަސައްކަތް ކުރެއްވުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް މިހާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިނުގަންނަވާތީއެވެ.