ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޑޮކްޓަރ ޙަސަން ސަޢީދު، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ސިޓީފުޅެއް ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލަށް އަރުވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ޙާލަތު އޮތްގޮތުގެ މަޢުލޫމާތު، ސެކްރެޓަރީ ޖެނެރަލަށް ޑޮކްޓަރ ޙަސަން ސަޢީދު ދެއްވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ކަމަލޭޝް ޝަރްމާއަށް ޑޮކްޓަރ ޙަސަން ސަޢީދު ޝުކުރު އަދާކުރެއްވިއެވެ.