މި ފެބްރުއަރީ މަހުގެ 26ވާ އާދިއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެކެވެ. އެ ދުވަސް ބަންދުވަނީ، ރާއްޖެ އިސްލާމްވި ދުވަސް ކަމަށްވާ، ރަބީޢުލްއާޚިރް މަހުގެ 2ވަނަ ދުވަސް ދިމާވަނީ، މި ފެބްރުއަރީ މަހުގެ 24ވާ ހުކުރު ދުވަހާ ކަމަށްވާތީ، އެދުވަހުގެ ބަދަލުގައި، އެދުވަހުގެ ފަހުން އެންމެ ފުރަތަމަ އަންނަ ބަންދުނޫން ދުވަސް ރަސްމީ ބަންދު ދުވަހަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 27 ޖޫން 2000 ގައި ނެރެފައިވާ ދެންނެވުމުން ހަމަޖައްސަވާފައިވާތީއެވެ.