ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ޢަދުލު އިންޞާފުގެ ނިޒާމް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޢަދުލު އިންޞާފްގެ ނިޒާމަށް އެމަނިކުފާނު އެއްވެސް ހާލެއްގައި ބާރު ނުފޯރުއްވާނެ ކަމުގެ ޔަޤީންކަން، އުއްތަމަ ފަނޑިޔާރަށް ދެއްވިއެވެ.