ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ޤައުމުގެ ޙާލަތު މިހާރު އޮތްގޮތާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ މިހާރުގެ ޙާލަތު ރަނގަޅު ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެކަމުގެ ތަފްޞީލު ދެއްވިއެވެ. އަދި ޤައުމުގައި ހަމަޖެހުން ޤާއިމް ކުރެއްވުމަކީ، މިވަގުތު އެންމެބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައި ވިދާޅުވިއެވެ.