ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމަށް މާފަންނު މެލީ ޑޮކްޓަރ މުޙަންމަދު ޢަލީ ޢައްޔަން ކުރައްވައިފިއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް އައްޑޫސިޓީ ހިތަދޫ އެވަރގްރީން އަލްފާޟިލް ޠާރިޤު ޢަލީ ލުޠުފީ ޢައްޔަން ކުރައްވައިފިއެވެ.

މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރެއްހާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.