މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދިޔަ "ޤައުމީ އަރުޝީފު"، 2012 ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް މިހަމަޖެއްސެވީ، ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ބާވަތުން އެކަންކަން އެންމެ އެދެވޭގޮތެއްގައި ހިންގޭނީ، މިތަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާ ގުޅިފައި އޮވެގެންކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.