1. ޗީފް އޮފް ޕްރޮޓޮކޯލްކަން
    
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް މައްޗަންގޮޅީ މަނާގޭ ޢަލީ ފާއިޒު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢަލީ ފާއިޒު، މިމަގާމަށް ޢައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ޢަލީ ފާއިޒު މިހާތަނަށް ހުންނެވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.
 
2. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުކަން
 

މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމަށް ހެންވޭރު ނިއުހެވަން އާމިނަތު ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާމިނަތު ޢަލީ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމުގައެވެ.