ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ގުޅީފަޅު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު ގުޅީފަޅަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގުޅީފަޅަށް ކުރެއްވި ޒިޔާރަތުގައި، ގުޅީފަޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި، މިސްކިތާއި، ޕްރީ ސްކޫލް އެޅުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ގުޅީފަޅަށް ޒިޔާރަތް ކުރެއްވި ކުރެއްވުމުގައި، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ގުޅީފަޅު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.