ރައީސުލްޖުމްހޫރިއްޔާމުޙަންމަދު ނަޝީދު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްމިއަދު ހެނދުނު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގައިސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގެވުމަށް ހަމަޖައްސަވާފައިވާތަރައްޤީގެ ޕްރޮގްރާމްތަކާ ބެހޭގޮތުން ކައުންސިލްތަކާ ޚިޔާލު ބަދަލުކުރައްވާނެއެވެ. މީގެއިތުރުން، އެ ރަށްރަށުގައި ޤާއިމްކުރެވިފައި ހުރި، ތަޢުލީމީ، ޞިއްޙީއަދި އިޖްތިމާޢީ ޚިދްމަތް ފޯރުވައިދިނުމުގެ ވަސީލަތްތައް ހުރިނެތްގޮތްވެސް ބައްލަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދުއަށެވެ.