އިންޑިޔާގެ އާރމްޑް ފޯސަސްގެ ޗެއަރމަން، ޗީފް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ނިރްމަލް ވަރުމާގެ އަނބިކަނބަލުން އަދި އިންޑިޔާގެ ނޭވީ ވައިވްސް ވެލްފެއަރ އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މަދޫލިކާ ވަރްމާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައެވެ.