1. ޔޫ.އޭ.އީ.އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަން
 
ޔޫ.އޭ.އީ.އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކަރަންކާގޭ އަޙްމަދު ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.        އަޙްމަދު ރަޝީދު މިހާތަނަށް ހުންނެވީ، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.
 
2. ފައިނޭންޝަލް ކޮންޓްރޯލަރކަން
 
ފައިނޭންޝަލް ކޮންޓްރޯލަރ ކަމުގެ މަގާމަށް، ހެންވޭރު އިރުވައި މުޙަންމަދު އަޙްމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މުޙަންމަދު އަޙްމަދު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަގާމުގައެވެ.
 
3. ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަން
 
ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުގެ މަގާމަށް، މައްޗަންގޮޅީ މާޅެނބޫގޭ ފާޠިމަތު މުޢާޒާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.