ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް މާފަންނު ރަންފަސް ޙަސަން ޒާހިރު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ޗެއަރޕަރސަންގެ މަގާމަށް ބޭފުޅަކު މިހަމަޖެއްސެވީ އެބޯޑުގެ ޗެއަރޕަރސަން ކަމުގެ މަގާމުގައި ހުންނެވި މުޙަންމަދު ޝިހާބު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ކުރެދިމާގޭ އާދަމް ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު މުޙަންމަދު މާހިރު ޢީސާއާއި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ މެންބަރ އަލްއުސްތާޛު މުޙަންމަދު ޝަހުދީ އަންވަރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ ޝާހިދު ޢަލީއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ނައިބު ރައީސް ޢަދްނާނު ޙަލީމެވެ.