އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި، މެނެޖިންގ ޑިރެކްޓަރުކަމުގެ މަގާމުން، ބަންދު އިބްރާހީމް ސަލީމް ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފިއެވެ.
ބަންދު އިބްރާހީމް ސަލީމް އެމަގާމުން ވަކިކުރައްވައި، އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ސިޓީފުޅުގައި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި އަދި މެނެޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ބަންދު އިބްރާހީމް ސަލީމް ވަކިކުރެއްވުމަށްފަހު، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނެޖިންގ ޑިރެކްޓަރުކަމަށް އައްޑުއަތޮޅު ހިތަދޫ ރޭއަލިވާގޭ އަޙްމަދު ޒުހައިރު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.