2009 ވަނައަހަރުގެ ޖުމްހޫރީ ދުވަހުންފެށިގެން ސަރުކާރުން ދެއްވަން ފެއްޓެވި ޤައުމީ އިނާމު ލިބިވަޑައިގަންނަވާބޭފުޅުންގެ ޚިދްމަތުގެ އަގު ޚާއްޞަ ގޮތެއްގައި ސަރުކާރުން ވަޒަން ކުރައްވާ ގޮތަށްނިންމަވާފައިވުމާއެކު، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވާ އެކިއެކިކަންކަމުގައި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ބައިވެރިކުރައްވަމުން ގެންދެވުމަށް ދަންނަވައި، އެބޭފުޅުން ކަންކަމުގައި ބައިވެރިކުރެއްވުމުގެ އުސޫލު މި އޮފީހުގެ ނަންބަރު 69/2009 (19 ނޮވެމްބަރ 2009) ގެ ދެންނެވުމުން ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

           ވީމާ، މިއަހަރު ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންވެސް، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމް ކުރައްވާ އެކި ކަންކަމުގައި އެ އުސޫލުން ބައިވެރިކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
           މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުތަކާއި، އިނާމު ލިބުނު ކުންފުނީގެ ނަން މި ދެންނެވުމާއެކުގައި އެވަނީއެވެ.

2011 ވަނަ އަހަރު ޝަރަފުވެރިކަމުގެޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ
 ޤައުމީ އިނާމު އެރުވުނުބޭފުޅުން
                                                                                 

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުނު ބޭފުޅުން

ތަޢްލީމީ ދާއިރާއިން؛ތައްލީމު އުނގަންނައިދިނުމުގެ ރޮނގުން:
         އަލްފާޟިލް މުޙަންމަދު ޔޫސުފް     މ. މާޔާ
ޞިއްޙީ ދާއިރާއިން؛ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
         އަލްފާޟިލް މުޙަންމަދު އިސްމާޢީލްފުޅު      މއ.މާފުނަ
 
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނު ބޭފުޅުންނާއި ކުންފުނި
 
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން
      އަލްފާޟިލް މުޙަންމަދު ނަޝީދު       ހ. ފޮއްދޫގެ  
ތައްލީމީ ދާއިރާއިން؛ ތަޢްލީމު އުނގަންނައިދިނުމާއި، ތަރައްޤީ ކުރުމުގެ ރޮނގުން:
     ޑޮކްޓަރ އަޙްމަދު އަންވަރު           ސ. މީދޫ ހަސަންކާރިގެ
ޞިއްޙީ ދާއިރާއިން؛ ދިވެހި ބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީ ކުރުމުގެ ރޮނގުން:
     އަލްފާޟިލް ޢަލީ ރަޝީދު           ނ. ހެނބަދޫ ތުނޑި
ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ޚިދްމަތް ކުރުމާއި، ޤާނޫނީ ލަފާދިނުމުގެ ރޮނގުން:
     އަލްއުސްތާޛު ޙުސްނުއްސުޢޫދު         ސ. މީދޫ ހަސަންކާރިގެ
އާ އުފެއްދުންތަކުގެ (އިނޮވޭޝަން) ދާއިރާއިން؛
     ޕްރޮފެސަރ ޙަސަން ޢުޤައިލް          ސ. ހިތަދޫ ވެސްޓް ބްރީޒް
ބޯޓް ބިލްޑިންގގެ ދާއިރާއިން؛ ކިއްސަރު ވަޑާމުގެ ރޮނގުން:
     އަލްފާޟިލް ޢަބްދުލްޙާރިޘް ހާރޫން       ރ. އިނގުރައިދޫ އުންމީދު
     އަލްފާޟިލް މުޙަންމަދު ޢަލިފުޅު        ރ. އިންނަމާދޫ ނާރެސް
މަސައްކަތްތެރިކަމުގެ ދާއިރާއިން؛ ލިޔެލާޖެހުމުގެ ރޮނގުން:
     އަލްފާޟިލް ޢަބްދުއްރަޙްމާން މޫސާ      ބ. ތުޅާދޫ ސޯސަންވިލާ
ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ކުޅުމާއި، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން:
     އަލްފާޟިލް ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު ހ. ޝޭޑީކޯނަރ
     އަލްފާޟިލް ޢަބްދުﷲ ޢާމިރު          މ. ރުބިކަން
ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމުގެ ރޮނގުން:
     އަލްފާޟިލާ ރާފިޢަތު ރަމީޒާ          މ. ވައްތިޔަރަގެ
ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން:
     އަލްފާޟިލާ ނިޢުމާ މުޙަންމަދު         ގދ. ވާދޫ އަލަމާގެ
އެޕްލައިޑް އާޓްސްގެ ދާއިރާއިން؛ ފެޝަން ޑިޒައިންގެ ރޮނގުން:
     އަލްފާޟިލް ޖާދުﷲ އިސްމާޢީލް        ގދ. ތިނަދޫ ހިންދޫސް
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނު ކުންފުންޏަކީ:
     ޕްރޮޕް ޕްރައިވެޓް ލިމިޓެޑް