1. ރިޕަބްލިކް އޮފް އަޒަރުބައިޖާނަށާއި، ކިންގްޑަމް އޮފް ޖޯޑްންއަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަން
                           
ރިޕަބްލިކް އޮފް އަޒަރުބައިޖާނަށާއި، ކިންގްޑަމް އޮފް ޖޯޑްންއަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
2. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބުކަން
 

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބުގެ މަގާމަށް ކޮޅުމަޑުލު ތިމަރަފުށީ ނިރޮޅުމާގޭ ޢަދުނާން ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.