1. ރިޕަބްލިކް އޮފް ކަޒަކްސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަން
 
ރިޕަބްލިކް އޮފް ކަޒަކްސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
 
2. ފޮރިން ސެކްރެޓަރީކަން
 
ފޮރިން ސެކްރެޓަރީ ކަމަށް މާފަންނު ފުންފިނި މުޙަންމަދު ނަޞީރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.  މިމަގާމަކީ ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަގާމެކެވެ.
 
3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރކަން
 
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.