ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ސްރީލަންކާގެ މިލިޓަރީ އެކަޑަމީގެ ކޮމިޝަނިންގ ޕެރޭޑް ރަސްމިއްޔާތުގައި، ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާ ސަރުކާރުން ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.