ޓެންޑަރ އިވެލުއޭޝަން ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު ޝަފީޤުގޭ މުޙަންމަދު ޝަފީޤެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްފާޟިލް އަޙްމަދު މަޢުޞޫމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މިނިސްޓަރުގެ ލީގަލް އެޑްވައިޒަރ އަލްއުސްތާޛާ މަރިޔަމް މަނާލް ޝިހާބާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒަރ އަލްފާޟިލް ޙުސައިން ޢިމްރާން ޢަބްދުލްމުހައިމިނާއި، އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އާމިނަތު ޢަލިމަނިކާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤާއި، ޕްރައިވެޓް ސެކްޓަރުން ހެންވޭރު ފޭވަރ އަލްފާޟިލް މުޙަންމަދު ސަޢީދެވެ.