ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު)ގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް ކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި، އެ ކޮމިޝަނުގެ މެންބަރު ހެންވޭރު އައްޑޫގޭ އަޙްމަދު ޠަލާލްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

އަޙްމަދު ޠަލާލްގެ ނަންފުޅު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން މިކަން ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.