އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް ބ.އޭދަފުށީ ހިޔަލީގޭ އަލްއުސްތާޛާ ފާޠިމަތު ޙަލީމާއި، ވ. ވަސްމީރުފިޔަ އަލްއުސްތާޛު އަޙްމަދު އުޝާމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

 
މިދެބޭފުޅުން މިމަގާމަށް ޢައްޔަން ކުރައްވާފައިވަނީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.