ބެލްޖިއަމްގައި ބޭއްވި އެ ޤައުމުގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، ބެލްޖިއަމްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އެލިއޯ ޑި ރޫޕޯއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެލިއޯ ޑި ރޫޕޯއަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ބެލްޖިއަމްގެ ޢާންމު އިންތިޚާބުގައި އެލިއޯ ޑި ރޫޕޯ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް މަރްޙަބާ ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ބޮޑުވަޒީރު ކަމުގައި، ރާއްޖެއާއި ބެލްޖިއަމްއާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ކަމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.