ރިޕަބްލިކް އޮފް ކަޒަކްސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޢައްޔަން ކުރައްވައިފިއެވެ.

ކަޒަކްސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް، ރައީސުލްޖުމްހޫރިއްޔާ، މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.