މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އޭނާ މިމަގާމަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދު މިހާތަނަށް ހުންނެވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއަރޕަރސަންގެ މަގާމުގައެވެ.