ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ގދ. ފަރެސް މާތޮޑާ ގުލްފާމްގޭ އަޙްމަދު އަސްޢަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި، އަޙްމަދު އަސްޢަދުގެ އިތުރުން މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު ޝަފީޤާ އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓގެ ސީނިއަރ އެޑްވައިޒަރ ޓު ދަ ގަވަރނަރ ޢަބްދުލްޣަފޫރު ޢަބްދުއްލަޠީފާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޢާރިފާއި، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަލްއުސްތާޛު ޢަލީ ޝުޖާޢު އާއި، ޕްރައިވެޓް ސެކްޓަރގައި އިޤްތިޞާދީ ކަންތައްތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ، ތަޖުރިބާހުރި ޤާބިލު ބޭފުޅުންގެ ތެރެއިން ފާޠިމަތު އިލްހާމް މުޙަންމަދާއި، މުޙަންމަދު ރަޝީދެވެ.