ނިއުޒީލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕީޓަރ ހެމިލްޓަން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނިއުޒީލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އިންޑިޔާ ކަނޑުގައި މަސްވެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނޫންގޮތަކަށް މަސްވެރިކަން ނުކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އިޤްތިޞާދީ ގޮތުންވެސް ފައިދާ ބޮޑީ ދޮށީގެ މަސްވެރިކަން ކުރުމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.