17 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދެކަނބަލުން މިރޭ މާލެ ވަޑައިގެންފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރަށް، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނެވެ.

އިންޑިޔާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތައް މާދަމާ އޮންނާނެއެވެ. ރަސްމީ ވާހަކަފުޅުތައް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.