ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، މިއަދު އައްޑޫ ސިޓީގައި ފެށުނު 17 ވަނަ ސާކް ސަމިޓާ ގުޅިގެން، ސާކް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޝަރަފުގައި ރަސްމީ ފަރިއްކޮޅެއް މިރޭ ދެއްވައިފިއެވެ. މިޙަފްލާ އޮތީ އައްޑޫ ސިޓީ ހުޅުމީދޫ ބެންކުއެޓް ހޯލްގައެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ބެހެއްޓުނު އަފްޣާނިސްތާނުގެ ހަނދާނީ ބިނާ، ރައީސުލްޖުމްހޫރިއްޔާ މިރޭ ހުޅުއްވައިދެއްވިއެވެ.