މެލޭޝިޔާގެ ކުރިގެ މިނިސްޓަރ އޮފް ފިނޭންސް ޓުން ދާއިމް ޒައިނުއްދީން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު، މެލޭޝިޔާގެ ކުރީގެ ފިނޭންސް މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ ގެދޮރުގެ އެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.