މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމަށް މައްޗަންގޮޅީ ޝިމާގު ޢާއިޝަތު ވެލެޒިނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު ލަކީ ޢަބްދުލްޙަމީދު ޢަބްދުލްކަރީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢަބްދުލްޙަމީދު ޢަބްދުލްކަރީމް މިހާތަނަށް ހުންނެވީ، އެއޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ.