މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ގަލޮޅު ކެތުލިން އިބްރާހީމް ޚާލިދު، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި އިބްރާހީމް ޚާލިދުގެ އިތުރުން މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ބޯޑުގެ ޗެއަރމަން މައްޗަންގޮޅި ބަންދުގޭ އިބްރާހީމް ސަލީމާއި، މެނެޖިންގ ޑިރެކްޓަރ ހެންވޭރު ނޫމުތީ މުޙަންމަދު އިބްރާހީމާއި، މައްޗަންގޮޅި ބްލޫގްރާސް އަޙްމަދު މުރާދާއި، މައްޗަންގޮޅި ފެހިއަލި މުޙަންމަދު ވަޙީދާއި، ގަލޮޅު ތަލްވާރުގޭ އާދަމް ރަޝީދު އަޙްމަދެވެ.