ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދުއަށާއި، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދުއަށް ކުރައްވާ މިދަތުރުފުޅަކީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި، ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް އެރަށުގައި ބާއްވަވާ އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން، އެރަށުގައި ޤާއިމްކުރެވޭ ޖޫނިއަރ ކޮލެޖުގެ ބިންގާ އަޅުއްވައިދެއްވައި، އެރަށު ސްކޫލްގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް ކުރައްވާ ދަތުރުފުޅުގައި، އެރަށު ޞިއްޙީ މަރްކަޒުގައި ހުންނަ ޓެލެމެޑިސިން ޔުނިޓް އިފްތިތާޙްކޮށްދެއްވައި، އެރަށު ސްކޫލްގައި އަލަށް ޢިމާރާތްކުރެވޭ ކްލާސް ރޫމްތަކުގެ ބިންގާ އަޅުއްވައިދެއްވާނެއެވެ.