މިއަހަރުގެ ޑިސެމްބަރ 8 އިން 9 އަށް އިންޑޮނީޝިޔާގެ ބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އިންޑޮނީޝިޔާގެ ރައީސް ސުސިލޯ ބަމްބަންގ ޔުދުޔޯނޯ ފޮނުއްވި ދަޢުވަތުގެ ސިޓީފުޅު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ (ނ.ޢ.ޢ.ވ) އަށް އަރުވައިފިއެވެ. މި ސިޓީފުޅު އެރުވީ، އިންޑޮނީޝިޔާގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި ވަޑައިގެންނެވި ޢަބްދުއްރަޙްމާން މުޙަންމަދު ފާކިރު، އިބްރާހީމް ޙުސައިން ޒަކީގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.