ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅަކީ، އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވަވާ ސާކް ސަމިޓްގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، ސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ އެއްދުވަހުގެ ދަތުރުފުޅެކެވެ.