ދިވެހިރާއްޖޭގެ އިޤްތިޞާދީ، މާލީ ސިޔާސަތުގެ ނާރެހާއި، ރައްޔިތުންނަށް ވިޔަފާރީގައި ބައިވެރިވުމުގެ ފުރުޞަތުތައް ހުޅުވާލަދެނީ، ޙިއްޞާގެ މާރުކޭޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާގުގެ ޙިއްޞާ ޢާންމުކޮށް ވިއްކުން އިފްތިތާޙު ކޮށްދެއްވުމަށްޓަކައި، ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގެ އުޞޫލުން ހިންގޭ ކަންކަން ފާހަގަކޮށް، އެކަންކަން ހަމައެކަނި ވިޔަފާރީގެ އުޞޫލުން ހިންގުމަށް ބާރުއެޅުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލައި، ވިޔަފާރިއާ ދުރުވުމަށް ކަނޑައެޅިފައިވާ ސިޔާސަތުގެ ޙަޤީޤީ އެންމެބޮޑު ރަމްޒަކީ، ދިރާގުގައިވާ ސަރުކާރުގެ 48 އިންސައްތަ ޙިއްޞާގެ ތެރެއިން 15 އިންސައްތަ ޙިއްޞާ، ސަރުކާރުން ޢާންމު ރައްޔިތުންނަށް ބަދަލުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ވިޔަފާރިއަކީ ފައިދާއަށް ހިންގާ ކަމެއް ކަމަށާއި، ސަރުކާރު ހިންގަނީ އާންމު މަޞްލަޙަތަށާއި މުޖްތަމަޢަށާއި، ކުރާ ޚިދްމަތެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ވިޔަފާރިއާ ދުރުވުމަކީ، ސަރުކާރުގެ އިޤްތިޞާދީ ނިޒާމު ބަދަލުވެގެންދާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުގެ އާމްދަނީއިން، އެފަރާތްތަކުން މުދަލާއި ޚިދުމަތުން ވިއްކާ ތަކެތިން ސަރުކާރަށް ޓެކްސް ދޭންޖެހޭ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަަކަފުޅު ދައްކަވަމުން، ދަރަނިވެރިވުމުން ސަލާމަތްވެ، ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށްޓަކައި، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ޙިއްޞާގެ ބާޒާރަކީ އަމިއްލަ ވިޔަފާރިކުރުމަށްޓަކައި، ކުންފުނިތަކަށާއި، ފައިސާ ހޯދުމަށާއި، އަމިއްލަ ފަރުދުންނަށް ވިޔަފާރިއެއްގައި ބައިވެރިވުމަށް ލިބޭ ފުރްޞަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މުވާޞަލާތީ ގުޅުން ތަރައްޤީ ކުރުމުގެ އެންމެބޮޑު އެއް ބައިވެރިޔަކީ، ދިރާގުކަަން ފާހަގަކުރައްވަމުން، ރާއްޖޭގެ މުވާޞަލާތީ ޚިދްމަތް، މިއަދު މިއޮތް މިންވަރަށް ތަރައްޤީކުރުމުގައި، ދިރާގާއި ކޭބަލް އެންޑް ވަޔަރލަސް އަދާކުރި ދައުރަށްވެސް ތަޢުރީފު ކުރެއްވިއެވެ. އަދި ދިރާގުގެ މުވައްޒަފުންނަށާއި، އެކުންފުންޏާ ގުޅިފައިވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ދިރާގުގެ ޙިއްޞާ އާންމުކޮށް ވިއްކުން އިފްތިތާޙް ކުރުމަށްޓަކައި ބޭއްވުނު މި ޙަފްލާގައި، ޙިއްޞާ ބަޔާން ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ރާއްޖޭގެވިޔަފާރިކުންފުނިތަކުގެތެރެއިންއެންމެބޮޑުފައިދާއެއް ވަމުންދާކުންފުނި ކަމުގައިވާދިރާގުގެ11,400,000 (އެގާރަމިލިއަންހަތަރު ލައްކަ) ރުފިޔާގެޙިއްޞާ،ޢާންމުންނަށްވިއްކަންހުޅުވާލާނެކަމަށް އެކުންފުނިންރޭއިޢްލާނު ކުރިއެވެ. ދިރާގުންޙިއްޞާވިއްކާނީ-/80 ރުފިޔާއަށްޙިއްޞާއެއްގެރޭޓުންނެވެ. އަދިކޮންމެމީހަކަށްވެސްޙިއްޞާގަނެވޭނެއެވެ. މީހަކަށްވަކި ޢަދަދަކަށްޙިއްޞާވިއްކަންހަމަޖެހިފައެއް ނުވެއެވެ.